ބޮލީވުޑް

ހޮލީވުޑަށް ދެވުމުގެ އުންމީދު އެބައޮތް: އާލިޔާ ބަޓް

1

ހޮލީވުޑަށް ދާން ބޭނުން ކަމަށާއި ދިޔުމުގެ އުންމީދު އެބައޮތްކަމަށް ބޮލީވުޑްގައި ހަތް އަހަރު ހޭދަކޮށްފައިވާ އާލިޔާ ބަޓް ބުނެފިއެވެ.

26 އަހަރުގެ ޒުވާން އެކްޓްރެސް އާލިޔާ ބުނި ގޮތުގައި އާ އިންޑަސްޓްރީއަކަށް ވަނުމުގެ މަސައްކަތްތަކީ ވަރަށް ބުރަ މަސައްކަތެކެވެ.

އާލިޔާ މިދުވަސްވަރު ގެންދަނީ ފިލްމު "ކަލަންކް"ގެ ޕްރޮމޯޝަންތަކުގެ މަސައްކަތްކުރަމުންނެވެ. އޭގެ އިތުރުން ރަންބީރު ކަޕޫރާއެކު ބްރާމަސްތްރާ އާއި ސަލްމާން ޚާން އާއެކު ސަންޖޭލީލާ ބަންސާލީގެ ފިލްމު އިންޝާ ﷲ ވެސް ކުޅުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ އިތުރުން ޓެލިނގޫ ފިލްމު "އާރްއާރްއާރް" އިންވެސް އާލިޔާ ފެނިގެންދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟