އިލެކްޝަންސް ކޮމިޝަން

ފިއްލަދޫ ކައުންސިލުގެ ބައި-އިލެކްޝަންގައި ވޯޓްލާން ފަށައިފި

ހއ. ފިއްލަދޫ ކައުންސިލުގެ ބައި އިލެކްޝަންގައި ވޯޓުލުން މާލެއާއި ފިއްލަދޫގައި މިއަދު ކުރިޔަށް އެބަ ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާލެއާއި ފިއްލަދޫގައި މިއަދު ހެނދުނު 8:0އިން ހަވީރު 4:00އަށް ވޯޓްލުން ކުރިއަށްދާނެ ކަމަށެވެ.

ފިއްލަދޫގައި ބައިއިލެކްޝަން ބާއްވަނީ ކައުންސިލުގެ ދެ މެންބަރަކު އިސްތިއުފާ ދެއްވުމުންނެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.