ސަތޭކާ ސާޅީސް ނުވަ ރުފިޔާއަށް 100 ޖީބީ ޑޭޓާ ލިބޭ، ފަސް ދުވަހުގެ ޑޭޓާ ޕެކެއް ދިރާގުން ތައާރަފުކޮށްފިއެވެ.
ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި އެ ޕެކަކީ ދިރާގުގެ 100 ޖީބީ ޑޭޓާ ޕެކުގައި ހިމެނޭ އޮފާއެކެވެ. އެގޮތުން މި ޕެކް އާއެކު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ގޭމް ކުޅެ، މިއުޒިކް ސްޓްރީމްކޮށް ފިލްމް ނުވަތަ ސީރީޒް ބަލާލެވޭނެއެވެ.
ދިރާގުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް ތަފާތު މުއްދަތުގެ 100 ޖީބީ ޑޭޓާ ޕެކްތަކެއް ލޯންޗުކޮށްފައައެވެ. އަދި ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ޕެކްތައް އެކްޓިވޭޓް ކުރެވެން ހުންނާނެއެވެ.