އަނިލް ކަޕޫރާއެކު ފެނޭ ޚާން ކުޅުމަށް ފަހު އައިޝްވަރިޔާ ރާއީ ވަނީ ގިނަ ދުވަސްތަކަކަށް ފިލްމު ތަކުން ގެއްލިފައެވެ.
އައިޝް ފިލްމަކުން ނުފެނުނު ކަމުގައި ވިއަސް އެކި ފިލްމުތަކުން އޭނާއަށް ގިނަ ފުރުސަތު ތަކެއް ލިބޭ ކަމުގެ އަޑުތައް ފެތުރިފައިވާލެއް ވަރަށް ގިނައެވެ.
ފިރިމީހާ އަބީޝެކް ބަޗަން އާއެކު ގުލާބް ޖާމުން ކިޔާ ފިލްމެއް އައިޝް ކުޅެން އުޅޭކަމުގެ އަޑުތަކެއްވެސް ވަނީ ވަރަށް ފަހުން އިވިފައެވެ. ސްކްރިޕްޓްގައި ޖެހުނު މައްސަލަ އަކާ ގުޅިގެން އެ ފިލްމު ނުކުޅުމަށް ދެތަރިން ނިންމިއެވެ. އައިޝްގެ ބަފައިބެ އަމީތާބް ބަޗަން އާއެކުވެސް ފިލްމަކުން އައިޝް ވަރަށް އަވަހަށް ފެނިގެންދާނެ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ހޮލީވުޑްގެ ފިލްމެއް ކުޅުމަށް އައިޝްއަށް އަނެއްކާވެސް ވަނީ ފުރުސަތު ލިބިފައެވެ. އަދި މި ފިލްމުގެ ޝޫޓިން މި އަހަރު ފަހުކޮޅު ފަށާނެ ކަމަށްވެސް ވެއެވެ.
އައިޝް ވަނީ 2004 ވަނަ އަހަރު ނެރުނު ހޮލީވުޑް ފިލްމު ބްރައިޑް އެންޑް ޕްރެޖިއުސް، 2005 ވަނަ އަހަރު ނެރުނު މިސްޓްރަސް އޮފް ސްޕައިސަސް 2007 ވަނަ އަހަރު ނެރުނު ޕްރޮވޯކްޑް އަދި 2007 ވަނަ އަހަރު ނެރުނު ދަ ލާސްޓް ލީޖިއަން ގައި ލީޑް ރޯލު ކުޅެފައެވެ. މީގެ އިތުރުން 2009 ވަނަ އަހަރު ނެރުނު ހޮލީވުޑް ފިލްމު ދަ ޕިންކް ޕެންތާ 2 އިން އޭނާ ވަނީ ވިދާލާފައެވެ.