މުނިފޫހިފިލުވުން

''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން'' މުޅިން ލައިވް ޓޯކް ޝޯއެއް

މަރިޔަމް ޝަހުދާ

އައިޑިއުކްސް އިންކްގެ ''ހާތްތެރި'' ވެބް ސީރީޒްގެ ސީކުއަލެއް ގޮތަށް ''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން''ގެ ނަމުގައި ޓޯކް ޝޯއެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި ޓޯކް ޝޯއާ ގުޅޭ ގޮތުން ވަން އޮންލައިނަށް މައުލޫމާތު ދެމުން އައިޑިއުކްސް އިންކްގެ ފައުންޑާ އަދި ސީއީއޯ މުހައްމަދު ނަޖްވާން ވިދާޅުވީ މި ޓޯކްޝޯ އަކީ ލައިވްކޮށް ކުރިއަށްދާ އިންޓަރެކްޓިވް ޝޯއެއް ކަމަށެވެ. އޭގެ އިތުރުން މިޓޯކް ޝޯ އަކީ ބެލުންތެރިން ގަޔާވާނެކަހަލަ، ހާތްތެރި އެޕިސޯޑް ތަކުގެ ''ބިހައިންޑް ދަ ސީން'' އަދި ބެލުންތެރިންނަށް ނުފެންނަ ކްލިޕްސްތަކާއި އައިޑިއުކްސް އިންކް ގެ އާ ޝޯ ތަކުގެ އަޕްޑޭޓްސް އަދި ޓްރެއިލާ ގެނެސްދޭނެ ޕްލެޓްފޯމެއް ކަމަށް ވެސް ނަޖްވާން ވިދާޅުވިއެވެ.

ތިރީސް މިނެޓުގެ ދިގުމިނަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން'' ޓޯކްޝޯގެ އެޕިސޯޑްތަކުގައި ހާއްސަ މެހެމާހުން ބައިވެރި ކުރާނެ ކަމަށް ވެސް ނަޖުވާން މައުލޫމާތު ދިނެވެ.

އެގޮތުން މިޝޯއަކީ ކުރިއަރަމުން އަންނަ އެކި ދާއިރާ ތަކުގެ ޒުވާނުންނަށް ހުޅުވައިލެވޭ އިތުރު ޕްލެޓްފޯމެއް ކަމަށާއި އައިޑިއުކްސްއިން އަބަދުވެސް މަސައްކަތް ކުރަނީ މުޅިން އާ ކްރިއޭޓިވް ޕްރޮޑަކްޝަންސް ތަކެއް ނެރުމަށް ކަމަށް ވެސް ނަޖްވާން ވިދާޅުވިއެވެ.

މި ޓޯކްޝޯ ލައިވް ކުރަމުން ދާއިރު ބެލުންތެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިފައި އޮންނާނެ ކަމަށާއި، ވަގުތުން އެ ސުވާލު ތަކަށް ޖަވާބު ދިނުމަށް ހާތްތެރި ޓީމުން މަސައްކަތް ކުރާނެކަމަށް ވެސް ނަޖްވާން މައުލޫމާތު ދިނެވެ.

''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން'' ގެ ޓްރެއިލާ

މި ޓޯކްޝޯ މި މަސް ނިމުމުގެ ކުރިން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޖުވާން ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގައި މި ޕްރޮގްރާމްގެ ޓްރައިލް އެޕިސޯޑެއް ލައިވް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

''ކީޕިންގް އަޕް ވިތް ދަ ހާތްތެރިން'' ޓޯކްޝޯ އަކީ ހާފް ކޯޓް މޯލްޑިވްސް އާއެކު އައިޑިއުކްސް އިންކް އަދި ފައިނަލް ސްޓޫޑިއޯ ގުޅިގެން އިން ކުރިއަށް ގެންދާ މުޅިން އާ ޝޯއެކެވެ. ހާފް ކޯޓް މޯލްޑިވްސް އަކީ މި ޝޯގެ އެކްސްކްލޫސިވް ސްޓީރީމިންގ ޕާޓްނާރ އެވެ. މި ޕްރޮގްރާމް ޕަވާޑްބައި ސްޕޮންސަރަކީ އާރްއޯއެލްއެވެ.

''ހާތްތެރި'' ވެބް ސީރީޒްގެ އެކްސްކްލޫސިވް މީޑީއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.