ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މާމިގިލީ ތިން ފޮށީގެ ބާތިލު ވޯޓުތައް އަލުން ގުނަން ނިންމައިފި

1

މާމިގިލީ ދާއިރާގެ މާމިމިގީލިގައި ހުރި ތިން ވޯޓުފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އެ ކޮމިޝަނުން ނިންމީ މާމިގިލީ ތިން ފޮށީގެ ވޯޓުގެ ތެރެއިން ބާތިލު ވޯޓުތައް އެކަނި ގުނާ ގޮތަށެވެ.

"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ދެންމެ ވިދާޅުވީ މާމިގިލީ ފޮށިތަކުގައި ބާތިލު ވޯޓު އާދަޔާ ޚިލާފަށް ގިނަ ކަމަށެވެ.

"އެ ތިން ފޮށީގައި ބާތިލު ވޯޓު ވަރަށް ގިނަ. ބާތިލު ވޯޓުގެ އަދަދަށް ބަލާ އިރު، އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު އައިސްފާނެ ފަދަ އަދަދެއް." އަކްރަމް ވިދާޅުވި އެވެ.

މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟