ބޮލީވުޑް

ޚުޝީ ކަޕޫރުގެ މި ސާޅީގެ އަގަކީ 2.29 ލައްކަ ރުޕީސް

ބޮލީވުޑްގެ ތަރިން ކަމަށްވާ ސްރީދޭވީ އަދި ބޯނީ ކަޕޫރުގެ ހަގު އަންހެން ދަރިފުޅު ޚުޝީ ކަޕޫރު ތައްޔާރުވަމުން އަންނަނީ އޭނާގެ ޑެބިއު ފިލްމު ޒޯޔާ އަޚްތަރުގެ "ދަ އާޗީސް" އަށެވެ.

ދައްތަ ޖާންވީ ކަޕޫރުހެން ޚުޝީ އަކީވެސް މީސް މީޑިއާގައި އޭނާގެ ސްޓައިލިޝް ލުކް ތަކުން މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އެންމެ ފަހުން އޭނާ ޕޯސްޓުކޮށްފައިވާ ފޮޓޯތަކުގައި ލާފައިވާ އައިސް ބްލޫކުލައިގެ އެމްބްރޮއިޑަރީ ސާޅިއަށް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިފައެވެ. ޑިޒައިނަރު ރިތިކާ މިރްޗަންދާނީ ކަލެކްޝަންގެ އެސާޅިއަށް ކިޔަނީ "އައިލާ" އެވެ. އެއީ އައިސްބްލޫ އަދި ރިހި ކުލައިން ގަތާފައިވާ ލެހެންގާ ސާޅިއެކެވެ. އެ ސާޅީގެ އަގަކީ 229000 ރުޕީސްއެވެ.

އެ ސާޅީގައި ޚުޝީވެސް ފެންނަނީ ވަރަށް އެލިގެންޓްކޮށެވެ. ފިލްމީދާއިރާއަށް ނުކުތުމުގެ ކުރީންވެސް އޭނާ މިވަނީ ފެޝަން ޕޮލިސްގެ ސަމާލުކަން ހޯދާފައެވެ.

ފިލްމު "ދަ އާޗީސް" ގައި ޚުޝީއާއެކު ޝާހުރުކްޚާންގެ ދަރިފުޅު،ލ ސުހާނާ ޚާނާއި އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު، އަގަސްތިޔަ ނަންދާވެސް ފިލްމީ ދާއިރާއަށް ތައާރަފުވެގެންދާނެއެވެ.

މި ފިލްމަކީ އާޗީ ކޮމިކް ފޮތުގެ މައްޗަަށް އުފައްދާ ފިލްމެކެވެ. ރިލީސްކުރާނީ ނެޓްފިލިކްސްގައެވެ.