ވިޔަފާރި

ކުމުންދޫ ނެރު ބަދަލުކުރުމުގެ 70 ޕަސަންޓް މަސައްކަތް ނިމިއްޖެ

މުހައްމަދު އިޝާން

ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ 70 ޕަސަންޓް މަސައްކަތް ނިމިފައިވާކަމަށް މޯލްޑިިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓު ވެސް މިހާރު ވަނީ ސައިޓަށް ގެންގޮސްފައި ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 9,346 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 4,954 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 242 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 198 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކުރީ 33.6 މިލިއަން ރުފިޔާ އަށެވެ. އެމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ.