ބޮލީވުޑް

މަގުމަތީ ޓިޝޫ ވިއްކަމުން ދިޔަ މީހަކަށް 1000ރުޕީސް ދިނުމުން ސުހާނާ ޚާނަށް ތައުރީފު އޮހެނީ

2

މަގުމަތީގައި ޓީޝޫ ވިއްކަމުން ދިޔަ މީހަކަށް 1000 ރުޕީސް ދިނުމުން ޝާހުރުކް ޚާންގެ ދަރިފުޅު، ސުހާނާ ޚާންގެ ވީޑިއޯ ވައިރަލްވެ ތައުރީފު އޮހެން ފަށައިފިއެވެ.

އެކަން ހިނގީ ހުކުރު ދުވަހުގެ ރޭ ސުހާނާ އޭނާގެ މަންމަ ގޯރީ ޚާން އަދި ރަހުމަތްތެރިންނާއެކު ރެސްޓޯރަންޓަކުން ނުކުމެގެން ކާރަށް އަރަން ދަނިކޮށް ޓިޝޫ ވިއްކަމުން ދިޔަ މީހަކު ގޮސް ސުހާނާ ކައިރީ ޓިޝޫ ގަތުމަށް އެދުމުންނެވެ. އޭނާ އަކީ ޒުވާނެއް ކަމަށާއި ވަރަށް ބަނޑުހައިވެފައިވާކަމަށް އެމީހާ ސުހާނާ ގާތު ބުނެއެވެ.

ވީޑިއޯއިން ފެންނަގޮތުގައި ސުހާނާ އޭނާގެ އަތްދަބަހުން 500 ރުޕީސްގެ ދެ ނޫޓު ނަގައި އެމީހާ އަތަށް ދެއެވެ. އެމީހާ އެވަގުތު އުފަލުން ފުމޭތަން ފެނެއެވެ. ސުހާނާވެސް ހިނިތުންވެހުރެ ކާރަށް އަރައެވެ.

ސުހާނާގެ ފުރަތަމަ ފިލްމު ޑައިރެކްޓަރު ޒޯޔާ އަޚުތަރުގެ "ދަ އާޗީޒް" ގައި ވެރޯނިކާގެ ރޯލުން އޭނާ ފިލްމީދާއިރާއަށް ނުކުތުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެ ފިލްމުގައި އަމީތާބް ބަޗަންގެ ކާފަ ދަރިފުޅު، އަގަސްތިޔަ ނަންދާ އަދި ސްރީދޭވީގެ ދަރިފުޅު، ޚުޝީ ކަޕޫރު ވެސް ފެނިގެންދާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟