ޖުމްހޫރީ ޕާޓީގެ ލީޑަރު، އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ޕާޓީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި އެ ޕާޓީގެ ލީޑަރު ރައީސް އަލީ ވަހީދު އަދި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީއަށް ފަހު އެންމެ ބޮޑު ހިއްސާއެއް އޮތް ޕާޓީއެވެ.