ވިޔަފާރި

އެސްޓީއޯ ސުޕަމާޓުން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އަހުމަދު ޖައިޝަން

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ސުޕަމާޓުން "ރަމަޟާން ބާޒާރު"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓީއޯއިން މިއަދު އެ ޕްރޮމޯޝަން ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު މިހާދެވެ.

އެސްޓީއޯއިން ބުނީ މިއަދު ފެށި އެ ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ސުޕަމާޓުން ދޫކުރާ ބަދިގެ ސާމާނުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ސުޕަމާޓްގެ ސުޕަވައިޒަރު ރައްޝާން މުހައްމަދު ވިދާޅުވީ 500 ރުފިޔާއިން މަތީން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބޮޑު އިނާމުގެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގުރުއަތުލައިގެން ބޮޑު އިނާމަށް ކުރިމަތިލެވޭއިރު އެ ޕްރޮމޯޝަނަކީ ލިޓަސް އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެގޮތުން ބޮޑު އިނާމަކަށް ހަމަޖައްސާފައިވަނީ ފިނޯ ބްރޭންޑްގެ ސައިކަލެކެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖޫން މަހުގެ 10ގެ ނިޔަލަށެވެ. އަދި ސައިކަލުގެ ނަސީބުވެރިޔާ ހޮވާނީ ޖޫން މަހުގެ 11ގައެވެ.