ބޮލީވުޑް

ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާގައި ޕަރިނިތީ

ފިލްމު ކޭސަރީގައި މޮޅު އެކްޓެއް ދައްކާފައިވާ ޕަރިނިތީ ދެން ފެނިގެން ދާނީ ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބުޖްގައި ޕަރިނިތީ ކުޅޭނީ އިންޑިއާގެ ސްޕައިއެއްގެ ރޯލެވެ. ފިލްމާ ބެހޭ ގޮތުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ފިލްމަކީ ވަރަށް ހާއްސަ ހަގީގީ ހާދިސާއެއް ކަމަށެވެ.

ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޕަރިނިތީ ބުނީ އޭނާ އަކީ ވަކި ކަމެއް ކުރާނަމަ އެކުރާކަމަކާ ހެދި ގޮސް ހުސްވާ މީހެއް ކަމަށެވެ. މިސާލަކަށް މަސައްކަތަށް ފޯކަސް ކުރާނަމަ ހަމައެނަކި ފޯކަސް ކުރަނީ މަސައްކަތަށް ކަމަށާއި ޕާސަނަލް ލައިފް ރަނގަޅު ކުރަން ހިފާފައި ހުންނައިރު ފޯކަސް ކުރަނީ އެއަށް ކަމަށެވެ. ކުރިން މަލްޓި ޓާސްކަރެއް ނޫން ކަމަށް ވިއަސް މިހާރު ކަންކަން ބެލެންސް ކުރަން ދަސްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމަކީވެސް ބޭނުން ގޮތަކަށް ޕްލޭން ކުރެވޭ އެއްޗެއް ނޫން ކަމަށާއި، ކިތަންމެ ސީނިއާ އެކްޓަރެއްކަމުގައި ވިއަސް އެ ފިލްމަކާމެދު އޮންނަ ކޮންފިޑެންސް %100 ނުވާ ކަމަށެވެ. ހަމަ އެކަނި ކުރެވޭ ކަމަކީ މަސައްކަތްް ކުރުމާ ފިލްމު ރަނގަޅު ވާނެ ކަމަށް އުންމީދު ކުރުން ކަމުގައިވެސް ޕަރިނިތީ ބުންޏެވެ.

ބުޖް އަކީ 1971 ގައި އިންޑޯ-ޕާކް ހަނގުރާމައިގެ ހާދިސާގެ މައްޗަށް ހަދާފައި ހަގީގީ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީ އަބިޝޭކް ދުދައިއްޔާ އެވެ. ފިލްމުގައި އަޖޭ ދޭވްގަން، ސަންޖޭ ދަތް އަދި ސޮނާކްޝީ ސިންހާ މުހިއްމު ރޯލު ތަކުން ފެންނާނެ އެވެ.