ރައްޔިތުންގެ މަޖިލިސް

ވަގުތީ ނަތީޖާ ދައްކާގޮތުން 46 މެންބަރަކަށް ނާކާމިޔާބީ

ޝަހީދާ އަބްދުﷲ ސައީދު

2

މިހާރު މި ހިނގަމުންދާ މަޖިލީހުގެ މެންބަރުންގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވި މެންބަރުންގެ ތެރެއިން 46 މެންބަރަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަން އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެކި ދާއިރާތަކަށް ވާދަކުރައްވައިގެން 46 މެންބަރަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިރު އޭގެ ތެރޭގައި ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނެއެވެ.

އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައިގެން ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.

އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެދާއިރާއަށް ވާދަކުރެއްވި އިރު، އެދާއިރާގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އަދި ޖޭޕީއަށް ނިސްބަތްވާ ގިނަ މެންބަރުންނަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ނާކާމިޔާބީ ކުރިމަތިލާން ޖެހުނު މެންބަރުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު، ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމު، ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އަސްއަދު، ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ.

އަދި އޭގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު، މަޑަވެލީ ދާއިރާގެ މެންބަރު މުއާޒު ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން، މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން، މަޑުއްވަރީ ދާއިރާގެ މެންބަަރު މުހައްމަދު އަމީތު، ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު، ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ހަސަން، ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން، ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު، އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލްކަރީމް، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ، ކެނދިކުޅުދޫ ދާއިރާގެ މެންބަަރު އަލީ މައުރޫފު، މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މި މެންބަރުންނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟