ރައްޔިތުންގެ މަޖިލިސް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ދޮށީ މެންބަރަކަށް ގާސިމް، އެންމެ ހަގު މެންބަރަކަށް ވިސާމް!

މަރިޔަމް ޝަހުދާ

1

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާއިން އެންމެ ދޮށީ މެންބަރަކަށް މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަދި އެންމެ ހަގު މެންބަރަކަށް ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް(ސަމްޕަތް) ހޮވިއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ގާސިމް ވަނީ މާމިގިލި ދާއިރާގެ ގޮނޑި ދިފާއުކުރައްވައިފައެވެ. އަދި މިހާރުގެ ނަތީޖާއިން ވިސާމް ވަނީ ގަމު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފައެވެ.

އުމުރުން އެންމެ 24 އަހަރުގެ ވިސާމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފެންނާނެ އެންމެ ހަގު މެންބަރެވެ. މަޖިލީހުގެ އެންމެ ދޮށީ މެންބަރުގެ ގޮތުގައި ގާސިމް އިންނަވާ އިރު އޭނާގެ އުމުރަކީ 69 އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވާ އިރު، އޭގެ ތެރެއިން 83 މެންބަރުންނަކީ ފިރިހެނުންނެވެ. އަންހެން މެންބަރުންގެ އަދަދަކީ ހަތަރެކެވެ. އަންހެން ހަތަރު މެންބަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟