އަބްދުﷲ ޖާބިރު

ޕްރައިމަރީން ބަލިވެ އަމިއްލަގޮތުން ކުރިމަތިލައި ކާށިދޫ ދާއިރާގެ ގޮނޑި ޖާބިރު ކާމިޔާބުކުރައްވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީން ބަލިވުމުން އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ، އަބްދުﷲ ޖާބިރު އެ ގޮނޑި ކާމިޔާބުކުރައްވައިފި އެވެ.

ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑު ކާމިޔާބުކުރެއްވިއިރު އޭނާއަކީ މީގެކުރީން ކާށިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީގެ ޕްރައިމަރީން ޖާބިރު ބަލިވެފައިވާއިރު ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ ޅ. ހިންނަވަރު، ނޫވިލު، އަހުމަދު ރިއްފަތެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖާބިރާ އެންމެ ގާތުން ވާދަކުރަނީވެސް ރިއްފަތެވެ.

ޕްރައިމަރީން ކާމިޔާބު ނުވުމުން އިންތާހުބުގައި ވާދަ ނުކުރެވޭގޮތަށް ގާނޫނުގައި އޮތް މާއްދާ ބާތިލު ކުރުމަށް، ޖާބިރު ވަނީ ސުޕްރީމް ކޯޓަށް ވެސް ވަޑައިގެންފައެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ 25ގައި ވަނީ އާންމު އިންތިޚާބުގެ އެ މާއްދާ ބާތިލުކޮށް، ޕްރައިމަރީން ބަލިވި ކެންޑިޑޭޓަކު ވެސް އިންތިޚާބުގައި ވާދަކުރާން ފޯމު ހުށަހަޅައިފި ނަމަ، ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފަ އެވެ.