ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މި ލޯބިލޯބި ދެ "ކަޕްލް"ވެސް މި ފަހަރުގެ މަޖިލީހަށް

އަހުމަދު ޖައިޝަން

1

އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމްގެ ދެމަފިރިންނާއި މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިންގެ ދެމަފިރިކަނބަލުން ވެސް މި ފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރައްވައިފިއެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ރޮޒައިނާ މިފަހަރުވެސް ވާދަކުރައްވައި ކާމިޔާބުކުރައްވާފައިވަނީ އައްޑޫ މީދޫ ދާއިރާއެވެ. ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒް ވާދަކުރައްވާފައިވަނީ ކިނބިދޫ ދާއިރާއަށެވެ. ނާޝިޒްވެސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު އޭނާ މަޖިލީހަށް ކުރިމަތިލެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލާ، ހިސާން ވާދަކުރައްވާފައިވަނީ ތުޅާދޫ ދާއިރާއަށެވެ. އެމްޑީޕީ ޓިކެޓުގައި ތުޅާދޫ ދާއިރާ ކާމިޔާބުކުރެއްވިއިރު ހިސާންގެ ފިރިކަލުން އިބްރާހީމް ނާޒިލް ވާދަކުރައްވާފައިވަނީ ހިތަދޫ ދެކުނު ދާއިރާއަށެވެ.

ރޮޒައިނާ އަކީ ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ. ނާޝިޒު އަކީ އޭގެ ކުރިންއޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރެވެ.

މިއަހަރުގެ އިންތިހާބުގައި ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އާއި އޭނާގެ ފިރިކަލުން ހޮޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ މިއަހަރުގެ އިންތިހާބަށް ކުރިމަތިލައްވައިފައެވެ. ނަމަވެސް ދެބޭފުޅުންކުރެ އެއް ބޭފުޅަކަށްވެސް އިންތިހާބު ކާމިޔާބުކުރެއްވިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟