ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިޝް މައުމޫން ބަލި ގަބޫލުކުރައްވައި، އެދާއިރާގެ ވޯޓުގައި މިހާތަނަށް ކުރި ހޯއްދަވަމުން ގެންދަވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މިހާތަނަށް އިއުލާނުކުރި ނަތީޖާއަށް ބަލާ އިރު، މުހައްމަދު ރަޝީދު ވަނީ ފާރިޝް މައުމޫނަށް ވުރެ އެތައް ގުނަ ގިނަ އަދަދަކަށް ވޯޓު ހޯއްދަވައިފަ އެވެ.
ފާރިޝް މައުމޫނާއި މުހައްމަދު ރަޝީދުގެ އިތުރުން ވެސް އެދާއިރާއަށް ހަތަރު ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.
މުހައްމަދު ރަޝީދަށް މަރުހަބާ ވިދާޅުވެ، ފާރިޝް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ވޯޓު ކާމިޔާބު ކުރައްވައި ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ރަޝީދަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ފާރިޝްގެ ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ޓީމަށް ވެސް އޭނާ ޝުކުރު އަދާކުރައްވާފައިވެ އެވެ.