މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރެކޯޑު އަދަދަކަށް މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު (އީސީ ޝަރީފް) މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށްވުރެ މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ނިސްބަތުން ގިނަ ކަމަށެވެ.
މިއަދު ކުރިއަށް ދިޔަ އިންތިހާބަކީ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަ އިންތިހާބެއް ކަމަށްވެސް އީސީން ބުނެފައިވެއެވެ.
މިއަދު ކުރިއަށްދިޔަ އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.