ޕޮލިސް

ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގި މީހަކު ހައްޔަރުކޮށްފި

1

ގއ. ވިލިނގިލީގައި ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގި މައްސަލައިގައި ގއ. ވިލިނގިލިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ފިރިހެނެކެވެ.

ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގުމާއި ފާހަގަޖެހުމަށްފަހު ދެއްކުމަކީ މަނާކަމެކެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް އިންތިހާބުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެކުރީގެ އިންތިހާބުތަކުގައިވެސް ވޯޓް ކަރުދާސްކޮޅު ފޮޓޯ ނައިގައިގެންނާއި، ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށްފަހު ދެއްކުމުން ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟