ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

''އައްޔަސް އަނދިރިއަސް ވާނީ އެއްގޮތޭ'' ކިޔައި ފަސާދަ ކުރުމުގެ ނަތީޖާއަކީ ބަޔަކު ގައުމަށް ހިޔާނާތްތެރިވުން: މާރިޔާ

މަރިޔަމް ޝަހުދާ

''އައްޔަސް އަނދިރިއަސް ވާނީ އެއްގޮތޭ'' ކިޔައި ފަސާދަ ކުރުމުގެ ނަތީޖާއަކީ ބަޔަކު ގައުމަށް ހިޔާނާތްތެރިވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައި ވަނީ ޝަހީދުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ދިވެހިރައްޔިތުންނަށް ކިޔަމުން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން މިނިސްޓަރު ވަނީ ދުވަހުގެ މުނާސަބާގައި ގައުމަށްޓަކައި ޝަހީދުވި ބަތަލުންގެ ޒިކުރާ އާކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އަލިރަސްގެފާނު ޝަހީދުވުމުގެ އަސްލަކީ ބަޔަކު ގައުމަށް ހިޔާނާތްތެރިވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ. މި ދުވަހަކީ ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަ ކުރައްވައި، ގައުމު ސަލާމަތް ކުރެއްވުމަށް ހަނގުރާމަ ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. އެހެންކަމުން މިދުވަސް ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ގައުމާއި ދީނުގެ ދިފާއުގައި ފުރާނަ ގުރުބާންކޮށްލި ޝަހީދުންގެ ޒިކުރާ އާކުރާ ދުވަހެއްގެ ގޮތުގައެވެ.