ޕީއެމް ނަރެންދްރާ މޯދީ މިމަހު 11ގައި ރިލީސް ކުރާނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ބުނެފިއެވެ. ޕްރޮޑިއުސަރު ސަންދިޕް ސިންގް މިހެން ބުނެފައިވަނީ ފިލްމުގެ ޕޯސްޓަރަކާއެކު އޭނާ ކުރި ޓުވީޓެއްގަ އެވެ.
މިގޮތަށް މި ތާރީހު ބަދަލު ކޮށްފައިވަނީ ކުރިން ފިލްމު ރިލީސްކުރަން އޮތް ތާރީހު ކަމަށްވާ އޭޕްރިލް 5 ވަނަ ދުވަހު ފިލްމު ނެރެން ފިލްމު އުފެއްދި ފަރާތުން ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ އޭޕްރިލް 8 ގެ ކުރިން ފިލްމު ރިލީސް ނުކުރެވޭނެ ކަމަށެވެ.
މިގޮތަށް މި ހުކުމް އައީ އިންޑިއާގެ އިންތިހާބުގެ ކުރިން ފިލްމު ރިލީސްކޮށްފި ނަމަ އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ކޮންގްރެސް ޕާޓީން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
މި ފިލްމަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ހަޔާތްޕުޅުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.