މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާނެ އެވެ. މިހާރު އިއުލާނު ކުރި ނަތީޖާ ތަކަށް ބަލާ އިރު އެ ޕާޓީން ގިނަ ގޮނޑިތަކެއްް ކަށަވަރުކޮށްފައިވާ އިރު، 60 ވަރަކަށް ދާއިރާގައި އެ ޕާޓީގެ ކެންޑިޑޭޓުން އުޅެނީ ކުރީގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ރިޒާ ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އެމްޑިޕީގެ ކެންޑިޑޭޓް އަނދުން ހުސެއިން ޝަމީމް ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުއިއްޒު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު މަބުރޫކު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގއ. ވިލިނގިލީ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ސައުދު ހުސެއިން ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުގުނީ ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ސަލީމް ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަބްދުﷲ ޖާބިރު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޔައުގޫބު އަބްދުﷲ ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ނަސީމް ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ވިސާމް (ސަމްޕަތު) ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ ގޮނޑި އެމްޑީއޭގެ ކެންޑިޑޭޓް އަހުމަދު ސިޔާމް މުހައްމަދު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ހިސާން ހުސެއިން ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ގޮނޑި އެމްޑީއޭގެ ކެންޑިޑޭޓް އަހުމަދު އާމިރު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހުމޫދު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހުމޫދު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޖީހާން މަހުމޫދު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ހުސެން ފިރުޝާން ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މޫސާ ސިރާޖު ކާމިޔާބު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑި އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓް އިބްރާހިމް ނަސީރު ކާމިޔާބު ކުރައްވައިފި
ތޮއްޑޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓް ހަސަން ޝިޔާން ކާމިޔާބު ކުރައްވައިފި
އިސްކަންދަރު ސްކޫލްގައި ހުރި ވޯޓު ފޮށިތަކުގެ ވޯޓު ގުނާތަނަށް ނުވައްދައިގެން ބަޔަކު ހަޅޭއްލަވައި އަޑުގަދަކުރަން ފަށައިފި
ވޯޓު ގުނަން ފަށައިފި.
މިއަަދު ހެނދުނު 8:00 ގައި ފެށި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ވަގުތު ދެގަޑި އިރަށް އިތުރުކުރަށްފަހު، 6:00 އަށް ވަގުތު ހަމަވުމާ ގުޅިގެން ވޯޓުލާ މީހުން ނެތް ވޯޓު ފޮށިތައް ބަންދު ކުރަން ފަށައިފި
މަޖިލިސް އިިންތިހާބުގައި މިހާތަނަށް 160،534 މީހުން ވޯޓު ލައިފި، މިހާރު ވޯޓު ނުލާ މީހުންގެ ނިސްބަތަކީ 39.29 އިންސައްތަ
އަކުރަމް ވިދާޅުވީ، އިންތިހާބާ ބެހޭގޮތުން މިހާތަނަށް 12 މައްސަލަ ލިއުމުން ހުށަހަޅާފައިވާއިރު، އަނގަބަހުން 90 މައްސަލަ ހުށަހަޅާފައިވާ ކަމަށް
އޭގެ ތެރޭގައި ގިނަ ޝަކުވާ ތަކަކީ ވޯޓިން ލިސްޓާބެހޭ ޝަކުވާތައް ކަމަށާއި، އެފަދަ ގިނަ މައްސަލަތައް ވޯޓުލާ މަރުކަޒާ ހަމައިން ހައްލު ކޮށްފައިވާނެ ކަމަށްވެސް އޭނާވިދާޅުވި
އިލެކްޝަންސް ކޮމިޝަންސްގެ މެންބަރު އަހުމަދު އަކުރަމް ދެންމެ ވިދާޅުވީ، ވޯޓުލާ ވަގުތު ދެ ގަޑިއިރަށް އިތުރު ކޮށްފައިވަނީ ޖުމްލަ ކޮށްކަމަށާއި، އެހެންކަމުން ތިލަފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ލަހުން ވޯޓުލާން ފެށުނު ނަމަވެސް އެހެން ފޮށިތަކާއެކު އެފޮށިވެސް ދެން 18:00 ގައި ބަންދު ކުރާނެ ކަމަށް
މިއަދު 18:00 އަށް، ވޯޓު ލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފި
އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވަގުތު އިތުރު ކުރުމުގެ ވިސްނުމެއް ގެންގުޅެނީ ހަމަ އެކަނި ތިލަފުށީގައި ބެހެއްޓި ވޯޓު ފޮއްޓަށް ކަމަށް
އެއީ އެ ފޮއްޓަށް ވޯޓުލުން ފެށިފައިވަނީ ތަންކޮޅެއް ފަހުން ކަމަށްވާތީ، ނަމަވެސް އޭގެ އިތުރަށް ވޯޓު ލުމުގެ މުއްދަތު އިތުރު ކުރުމުގެ އެެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި
ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ގަޑިއިރަކަށް ކުޑަތަން ވެފައިވާއިރު، ފަހަށް މަޑު ނުކުރައްވައި ހުރިހާ ބޭފުޅުން ވޯޓުލާން ވަޑައިގެންނެވުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފި
އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓު ލުމަށް ފަހުން ވަޑައިގަތުމަށް މަޑު ކުރައްވައިފިނަމަ އުނދަގޫތަކަކާ ކުރިމަތިވެދާނެ ކަމަށާއި، އެހެންކަމުން މަޑު ނުކުރައްވައި ވީހާ ވެސް ގިނަ ބަޔަކު ވޯޓްލުމުގެ ޙައްޤުގެ ބޭނުން ކުރަން ޖެހޭ ކަމަށް
ޤައުމީ ކޮމްޕްލެއިންސް ބިއުރޯއަށް 11 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަހުމަދު އަކްރަމް ވިދާޅުވެއްޖެ
އަކްރަމް ވިދާޅުވީ މަދުން ނަމަވެސް ޤާނޫނާ ޚިލާފު ބައެއް ކަންކަން ހިނގަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް. އަދި އެފަދަ ޝަކުވާތައް ވެސް ކޮމިޝަނަށް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި
ވޯޓުލާ ގަޑި އިތުރު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި
ގދ. މަޑަވެލިގައި ވޯޓު ކަރުދާސް ފޮޓޯނެގި މީހަކު މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރެވިފައިވާ ކަމަށާއި، އަދި ވޯޓު ކަރުދާސް ދައްކައިގެން ގދ. ރަތަފަންދޫއިން 2 މީހަކު، ގދ. ފަރެސްމާތޮޑާއިން އެކަކު ވަނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުކުރޮށްފައިވާކަމަށް ފުލުުހުން ބުނެފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު ފަންސާސް ޕަސެންޓަށްވުރެ މައްޗަށް އަރައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓު ލެއްވުމަށްފަހު، އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި، ވޯޓު ލުމަށް ވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އެދިވަޑައިގެންފި
މިހާތަނަށް އެއްލައްކަ ސަތާރަހާސް އަށްސަތޭކަ ތޭވީސް މީހުން ވޯޓުލައިފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ރާއްޖެގަޑިން 13:30 ގައި އިިނގިރޭސި ވިލާތުގައި ފެށިއްޖެ
މަޖިލިސް އިންތިހާބުގެ ވޯޓުލުން މިހާހިސާބަށް އައިއިރު ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށް އަރައިފި
އައްޑޫ ސިޓީ ފޭދޫ ސްކޫލަށް ވޯޓުލާންދިޔަ ތިން މީހަކު ވޯޓުލުމަށްފަހު ވޯޓް ކަރުދާސް ފޮޓޯ ނެގުމާއި ގުޅިގެން އެތިން މީހުން ފުލުހުންގެ ބެލުުމުގެ ދަށަށް ގެނަސްފި ކަމަށް ފުލުހުން ބުނެފި
ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އާއި އެމަނިކުފާނުގެ ބައްޕާފުޅު، ކެންގަރޫ ކިޑްސް ގައި ބަހައްޓާފައި ހުރި މެދު ހެންވޭރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލައްވައިފި
ގއ. ވިލިނގިލީގައި ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓް ކަރުދާސްކޮޅު ފޮޓޯ ނެގި މައްސަލައިގައި ގއ. ވިލިނގިލިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް
މިހާތަނަށް 71،842 މީހުން ވަނީ ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުންބުނެފި، މިއީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 27.2 ޕަސެންޓު
މިއަދުގެ މިހާތަނަށް ވޯޓުލުމުގެ ޙައްޤާ ގުޅޭގޮތުން 3 މައްސަލައެއް ބަލާފައިވާ ކަމަށާއި، މި 3 މައްސަލަ ޤައުމީ ކޮމްޕްލެއިންޓްސް ބިޔުރޯއާ ޙިއްސާކޮށް، 2 މައްސަލައްއެއް ހައްލު ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފި
ޓްރާންސް ޕޭރެންސީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 350 އޮބްޒާވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރި ވަމުންދާކަމަށް
މާލެ އާއި، އަތޮޅުތަކާއި ރިޒޯޓް ތަކާއި ސިނާއީ ސަރަހައްދު ތަކުގެ އިތުރުން ސްރީ ލަންކާގެ ކޮޅުނބާއި މެލޭސިއާގެ ކުއާލަންޕޫރުގައި މަޖިލިސް އިންތިހާބު އޮބްޒާވް ކުރަމުންދާކަމަށް ޓްރާންސް ޕޭރެންސީ މޯލްޑިވްސްއިން ބުނެފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ގުނުމުގެ އެންމެހައި ކަންކަން ރާއްޖޭގެ އެކި ސަރަޙައްދުގެ 20 ފޮށްޓެއް އޮބްޒަރވް ކުރަމުން ގެންދާކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފި
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވޯޓު ލައްވައިފި
ޣިޔާސުއްދީން ސްކޫލްގެ ވޯޓުލާ މަރުކަޒުގައި ހުރި ވޯޓު ފޮށިތަކަށް ވޯޓު ލުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔު ހަދައިފަ
އިންތިޚާބާއި ގުޅިގެން ފުލުހުންނަށް ފުލުހުންނަށް ހުށަހެޅުނު ދެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފި
ރައީސުލް ޖުމްހޫރިއާގެ ނައިބު ފައިސަލް ނަސީމު، ބިއްލޫރި ޖެހިގޭ އިމާރާތުގެ ވޯޓުލާ މަރުކަޒުގައި ހުންނަ ފުވައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލައްވައިފި
މިހާތަނަށް 20،000 މީހުން ވޯޓު ލައިފި، ވޯޓުލުން ކުރިއަށް ދަނީ ވަރަށް އަމާންކޮށް. އެއްވެސްތާކުން ޝަކުވާއެއް ނާދޭ.
ލަންޑަން ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓުލުުން ފެށިއްޖެ. ލަންޑަނުގައި އަދި ގަޑިއެއް ނުޖެހޭ
ރައްޔިތުން ވަރަށް މިނިވަން ކަމާއެކީ ހަމަޖެހިގެން ވޯޓުލަމުން ގެންދާތަން ފެންނަމުންދާ ކަމަށާއި ހުރިހާ ބޭފުޅުން ވެސް ނުކުމެވަޑައިގެން ވޯޓުލުމަށް އިލްތިމާސްކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ.
ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި، ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފި
"އޮޕަރޭޝަން ބްލޫޓައިޑް" ގެ ބޭނުމަކީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ލުުމުގެ ކަންތައް އަމާން އޮމާންކަމާއެކު ގެންގޮސް ނިންމާލުމުގެ ކަށަވަރުކަން ރައްޔިތުންނަށް ހޯދައިދިނުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މާފަންނު ހުޅަނގު، ތިން ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލައްވަވައިފި.
މިއަދު ހެނދުނުން ފެށިގެން ވޯޓު ލުުން ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ، ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްދާ އިންތިހާބެއް، ކަމަށާއި، މި އިންތިހާބުގެ ކަންތައްތައް އަމާން ކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަލޮޅު އުތުރު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓު ލައްވައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އާންމު ހާލަތު ރަނގަޅު ކަމަށް ފުލުހުން ބުނެފި
ޓެބްލެޓު މައްސަލަ ޖެހިގެން އަމީނިއްޔާ ސްކޫލްގައި ހުންނަ ނިލަންދޫ ދާއިރާގެ ވޯޓު ފޮށީގައި ވޯޓުުލުން ވަގުތީގޮތުން މެދު ކަނޑާލައިފި
ތިލަފުށީގައި ހުންނަ ވޯޓު ފޮށި ފިޔަވައި އެހެން ހުރިހާ ވޯޓު ފޮއްޓެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަން ވިދާޅުވެއްޖެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ކޯޑިނޭޓަރުން، އިލެކްޓޯރަލް މެނެޖްމަންޓް ސެންޓަރުގައި ހަރަކާތްތެރިވަމުން އެބަދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ގިނަ ސަރަހައްދުތަކެއްގައި ފަށައިފި.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި މާލޭ ސިޓީ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން، ސެކިއުރިޓީ ފޮށިތަކާއެކު ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި.
ރިސާވް ޕޫލް ބޭނުން ނުކޮށްވެސް އޮފިޝަލުން ހަމަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ.
މިހާރުއްސުރެ މާލޭގެ ގިނަ ވޯޓުލާ މަރުކަޒުތަކެއްގައި ވޯޓުލުމަށް މީހުން ވަނީ ކިޔޫގައި ޖެހެން ފަށާފައި. މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ވޯޓުލުން ފެށޭނީ ހެނދުނު 8:00ގައި.
މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާނެ އެވެ. މިހާރު އިއުލާނު ކުރި ނަތީޖާ ތަކަށް ބަލާ އިރު އެ ޕާޓީން ގިނަ ގޮނޑިތަކެއްް ކަށަވަރުކޮށްފައިވާ އިރު، 60 ވަރަކަށް ދާއިރާގައި އެ ޕާޓީގެ ކެންޑިޑޭޓުން އުޅެނީ ކުރީގަ އެވެ.
ރިޔާސީ އިންތިޚާބަށް ފަހު، ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބު ކަމަށްވާ ރައްޔިތުންގެ މަޖިލީޚުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާނެއެވެ.
މާލެއާއި މީހުން ދިރިއުޅޭ ރަށްރަށުގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00ގައެވެ. އަދި ވޯޓުލުން ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00ގައެވެ.
ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން، އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގައި ވޯޓްލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން ހެނދުނު 08:30 އިން ހަވީރު 4:30 އަށެވެ.
މެލޭޝިއާގައި ވޯޓުލުން ކުރިއަށްދާނީ އެ ގައުމުގެ ގަޑިން 11:00 އިން ރޭގަނޑު 7:00 އަށެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގައި ވޯޓްލުން ކުރިއަށް ދާނީ އެގައުމުގެ ގަޑިން ހެނދުނު 09:30 އިން ހަވީރު 05:30 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މިފަހަރުގެ މަޖިލިސް އިންތިހާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާ އިރު، ޖުމްލަ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.