އެޑްވަޓޯރިއަލް

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށް އަލްހާން ފަހުމީ ދެއްވާ މެސެޖު

1

މައިން ބަފައިންނަށް ވުރެ ރަހީމަކު ކަމުގައި ވޮޑިގެންވާ މާތް ރަސްކަލާނގެ، އާއިލީ ކަންކަމުގައި ފިރިހެނުން އެކިގޮތް ގޮތުން އިސްކުރެއްވުމީ، މަތިވެރި އިލާހުވަންތަ ރަސްކަލާނގެ އިލްމުފުޅުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.

މަތިވެރި މާތްﷲ އީ އަންހެނާގެ ދަރި ގަރުބަ ކުރައްވައި، ނިޒާމުގައި ރަޙިމުލައްވައި، އެރަހިމަށް ނިސްބަތްވާގޮތުން ރަހުމު މިބަސް އުފެއްދެވި ރަސްކަލާންގެއެވެ. ރަހުމާއި ކުލުނުގައި ރަސޫލުންނާއި ނަބިއްޔުން ވަނީ އެންމެ އިސްސަފުގައެވެ. ހަމަ އެހެންމެ އޯގާތެރިކަމާއި އަޅާލުމާއި ލޯތްބާއި ކުލުނު، ވަރަށްވެސް މަތީ ދަރަޖައަކަށް، މާތްﷲ ވަނީ އަންހެން ޖިންސަށް ދެއްވައިފައެވެ.

މިއަޅާ ނުހަނު އަދަބުވެރިކަމާއެކު ހެންވޭރު އުތުރު ދާއިރާގެ އެންމެހާ ކަނބަލުންނާއި ފިރިހެން ދަރިންގެ އަރިއަހުން އެދޭ އެދުމަކީ، މިދާއިރާގެ މަޖިލިސް މެމްބަރުކަމަށް މިއަޅާ ހޮއްވަވައިދެއްވެވުމަށް، މަސައްކަތް ކޮށްދެއްވުމަށެވެ. މަތި އޮމާން ކުރުމެއް، އޮޅުވާލުމެއްނެތި، އަޅުގަނޑު، އަޅުގަނޑުގެ ވާޖިބު އަދާކޮށްދޭނަމެވެ. ދާއިރާގެ ރައްޔިތުންގެ ހައްގުގައި ނިކަމެތި އަޅާ މަރުދޭނަމެވެ.

ވ. ވަރަށް ސަލާމް.

ތެދުވެރި ހިތަކާއެކު،

އަލްޙާން ފަހުމީ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟