ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

އިންތިހާބީ ޝަކުވާއާ ގުޅޭ ހަތް މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ޝަކުވާއާ ގުޅޭ ހަތް މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ހައި ކޯޓުގައި ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ހައި ކޯޓަށް ހުށަހެޅިފައިވާ އެ ހަތް ޝަކުވާ ވެސް ހުށަހަޅާފައިވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ މީހުންނެވެ. އެ މައްސަލަތަކުގެ ދައުވާ ލިބެނީ އިލެކްޝަންސް ކޮމިޝަނަށެވެ.

އެ ހަތް މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލަ މާދަމާ މެންދުރު 1:15ގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ފަހު މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 2:35ގައި ފަށާ ގޮތަށެވެ.

އެ ހަތް ޝަކުވާ ހައި ކޯޓަށް ހުށަހަޅާފައިވަނީ ތ. ތިމަރަފުށި، އަސުރުމާގެ، އަހްމަދު އިބްރާހިމް މަނިކާއި ތ. ތިމަރަފުށި، މޫނިމާގެ، ސައުދިއްޔާ އަހްމަދާއި ތ. ތިމަރަފުށި، ހަވާ އަކްރަމް އަބްދުލް ވައްހާބާއި ނ. ވެލިދޫ، ފެހިވިލާގެ (ތ. ތިމަރަފުށި، ހަވާ) އާމިނަތު ޞަފާ އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، އިސްމާއީލް ޝަރީފާއި ތ. ތިމަރަފުށި، ހަވާ، އަފްސާނާ އަބްދުލްވައްހާބު އަދި ތ. ތިމަރަފުށި، ނަސްރު، ހަސީނާ އަލީއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.