މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ޓިއުނީޝިއާގެ ބްރޭންޑެއް ކަމަށްވާ "ޖަދީދާ" މާޖިރީން ހެޔޮ އަގުގައި ބާޒަރަށް ނެރެފިއެވެ.
އެސްޓީއޯއިން ބުނީ ޖަދީދާ ބްރޭންޑްގެ މާޖިރީން ހެޔޮ އަގުގައި މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.
ޖަދީދާ ބްރޭންޑްގެ މާޖިރީންގެ ފަސް ސައިޒެއް ބާޒަރަށް ނެރެފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެއީ ގޭބިސީތަކަށް ހާއްސަ 250 ގްރާމާއި 450 ގްރާމާއި އެއް ކިލޯގްރާމް އަދި 2.5 ކިލޯގްރާމްގެ މާޖިރީންއެވެ. އޭގެއިތުރުން ރެސްޓޯރެންޓާއި ކެފޭތަކަށް ހާއްސަ 9.5 ކިލޯގެ މާޖިރީން ވެސް ވަނީ މިއަދު ބާޒާރަށް ނެރެފައެވެ.
ޖަދީދާ މާޖިރީން އަކީ ރަހަމީރު އަދި ކޮލިޓީ ރަނގަޅު ބްރޭންޑެއް ކަމަށާއި އެއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ލިބެންހުރި އެންމެ އަގުހެޔޮ މާޖިރިން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެގޮތުން ޖަދީދާ މާޖިރީންގެ ރީޓެއިލް އަގުތައް:
250 ގްރާމް ތައްޓެއް - 15 ރުފިޔާ
450 ގްރާމް ތައްޓެއް - 22 ރުފިޔާ
އެއް ކިލޯ ތައްޓެއް - 45 ރުފިޔާ
2.5 ކިލޯ ތައްޓެއް - 90 ރުފިޔާ
9.5 ކިލޯ ތައްޓެއް - 270 ރުފިޔާ
އެސްޓީއޯއިން ބުނީ ޖަދީދާ މާޖިރީން އެސްޓީއޯ ސުޕަމާޓުގެ އިތުރުން އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ލިބެން ހުންނާނެ ކަމަށެވެ.