ބޮލީވުޑް

ޝާހުގެ ދަރިފުޅު އާރްޔަންގެ ފުރަތަމަ ފިލްމަށް ކަރަންގެ ތަޚްތު؟

ޝާހުރުކް ޚާންގެ ދަރިފުޅު އަރްޔަން ފިލްމީ ދުނިޔެއަށް ނުކުންނަން އުޅޭކަމުގެ ވާހަކައަކީ ފަހަކަށް އައިސް އެންމެ ގަދައަށް ދެކެވޭ އެއް ވާހަަކައެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ކަރަން ޖޯހަރުގެ ފިލްމު "ތަޚްތު"އިން ބޮލީވުޑަށް ނުކުތުމަށް އަރްޔަން ވަނީ ތައްޔާރުވެފައެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ކަރަން ވަނީ ފިލްމު ތަޚްތުގައި އާރްޔަން ބައިވެރިކޮށްފައެވެ. ނަމަވެސް އެއީ އެކްޓުކުރުމަކަށް ނޫނެވެ. ފިލްމުގައި އާރްޔަން ހަރަކާތްތެރިވާނީ އެސިސްޓަންޓް ޑައިރެކްޓަރަކަށެވެ.

މީގެ ކުރިން ޝާހުވެސް ބުނެފައި ވަނީ އާރްޔަން އެކްޓުކުރަން ބޭނުން ނުވާ ކަމަށާއި އޭނާ ބޭނުން ވަނީ ފިލްމު ހަދަން ކަމަށެވެ. އަދި ޔޫއެސްގައި އާރްޔަން އޭގެ ޓްރޭނިންވެސް ނަގަމުން އަންނަ ކަމަށް ޝާހު ވަނީ ބުނެފައެވެ.

ތަޚްތަކީ ދުވަސްތަކަކަށްފަހު ކަރަން ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އެ ފިލްމަކީ މުގަލްގެ ވެރިކަން ވައްޓާލުމަށް އިންޑިއާގައި ކުރި ހަނގުރާމައިގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމުގައި ބޮލީވުޑްގެ މަގުބޫލު ގިނަ ބަތަލުން ކާސްޓު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ކަރީނާ ކަޕޫރު، ރަންވީރު ސިންގް، ޖާންވީ ކަޕޫރު، ވިކީ ކޯޝަލް، އަނިލް ކަޕޫރު އަދި ބުމީ ޕެޑްނޭކަރު ހިމެނެއެވެ.