މިދިޔަ ޑިސެމްބަރުގައި ކައިވެނި ކުރި ނިކް ޖޯނާސް އަދި ޕްރިޔަންކާ ޗޯޕްރާ އަންނަނީ އަދިވެސް ކައިވެނީގެ ހަނީމޫން ދުވަސްތައް ގުނަމުންނެވެ.
ގިނަ ބައެއްގެ ލޯތައް ހުއްޓިފައިވާ މި ދެބައިވެރީގެ ގުޅުމަށް ގިނަ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ. ނިކަށްވުރެ 10 އަހަރު ޕްރިޔަންކާ ދޮށި ވުމުންނެވެ. އިންޑިއާ މީހަކާ އެހެން ގައުމެއްގެ މީހަކު ކައިވެނި ކުރުމުންނެވެ. ނަމަވެސް ހުރިހާ ފާޑު ކިޔުންތަކަށް ބީރު ކަންފަތެއް ދެމުން ޕްރިޔަންކާ އަދި ނިކް ވެސް އަންނަނީ އެމީހުންގެ ދިރިއުޅުން އުވާފެރިކޮށް ހޭދަކުރަމުންނެވެ.
ނަމަވެސް ބޭރުގެ ބައެއް މީޑިއާ ތަކުގައާއި އިންޑިއާގެ ބައެއް ޓެބްލޮއިޑް ތަކުގައި މި ވަނީ ޕްރިޔަންކާ އަދި ނިކް ވަރިވާން އުޅޭ ކަމުގެ ޚަބަރުތަކެއް ފެތުރިފަ އެވެ. މި ހަބަރަށް ފަހު ދެ ތަރިންގެ ފޭނުންވެސް އިންތިޒާރު ކުރަމުން ދިޔައީ ޕީސީ އަދި ނިކްގެ ފަރާތުންވެސް އެ ހަބަރުތަކަށް ރައްދުދޭނެ ވަގުތަކަށެވެ.
އެންމެ ފަހުން ފޭނުންނަށް އުފާވެރި ހަބަރު ލިބިގެން ދިޔައީ ދެތަރިންގެ ފަރާތުން އެމީހުން ވަރިވާން އުޅޭކަމުގެ ވާހަކަތައް ދޮގު ކުރުމުންނެވެ. ނިކް އަދި ޕީސީގެ ތަރުޖަމާނު ބުނީ އެމީހުން ވަރިވާން އުޅޭ ކަމަށް ލިޔެފައިވާ ހަބަރަކީ ދޮގު ހަބަރެއްކަމަށެވެ. އަދި އެ ނޫހަށް ގުޅައިގެން އެހަބަރު ނަގަން އަންގާފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން އެ ނޫހާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ޕްރިޔަންކާ ނިންމާފައިވާ ކަމަށްވެސް ވެއެވެ.
ޕްރިޔަންކާގެ ގާތް ރަހުމަތްތެރިއެއް ބުނި ގޮތުގައި ނިކް އަދި ޕްރިޔަންކާވެސް އުޅެނީ ވަރަށް ލޯބިންނެވެ. އަދި އެ ތަރިންގެ މީސް މީޑިއާއިންވެސް އެމީހުންގެ އުފާވެރި ދިރިއުޅުން ފެނިގެން ދެއެވެ.
ކައިވެނި ކުރިތާ ހަތަރު މަސް އިއްޔެ ފާހަގަ ކުރަމުން އަންނަ ނިކް އަދި ޕީސީގެ ރަހްމަތްތެރިޔާ ބުނީ ދޮގު ހަބަރުތައް ފަތުރާ ނޫސްތަކުން އެމީހުން އެކުރާ ކަންތައްތައް ހުއްޓާލަން ޖެހޭ ކަމަށެވެ.