އިލެކްޝަންސް ކޮމިޝަން

އެންމެ މެންބަރެއް ފިޔަވައި އީސީގެ ހުރިހާ މެންބަރުން ރާއްޖެއަށް ވަޑައިގެންފި

އެންމެ މެންބަރެއް ފިޔަވައި އިލެކްޝަންސް ކޮމިޝަނުގެ އެހެން ހުރިހައި މެންބަރުން ރާއްޖެ އަށް ވަޑައިގެންފި އެވެ.

މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވީ ކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބު އެކަންޏެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ކޮމިޝަނުގެ މެންބަރުން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރު ތަކަކީ އަބަދުވެސް އެކި ކަންކަމާ ގުޅިގެން ކުރައްވާ އުސޫލުން ކުރެއްވި ދަތުރުތަކެއް ކަމަށެވެ.

"ކޮމިޝަނުގެ މެންބަރުން އަބަދުވެސް ރަސްމީ އަދި ނުރަސްމީ އެކި ބޭނުން ތަކުގައި ދަތުރުތައް ކުރާނެ ދެއްތޯ؟ އެހެންވީމަ މީ ވެސް ހަމަ އެ އުސޫލުން ކުރާ ދަތުރުތައް. ކުރިޔަށް އޮތް ތަނުގައި އެކަން އެހެން ހިނގަމުން ދާނެ." ރާއްޖެެއިން ބޭރަށް ކޮމިޝަނުގެ މެންބަރުން ކުރެއްވި ދަތުރާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން އަކްރަމް ވިދާޅުވި އެވެ.

ކޮމިޝަނުގެ ހަތަރު މެންބަރުން އިންތިޚާބުގެ ދާއިމީ ނަތީޖާ އަށް ފަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އިރު، ރާއްޖޭގައި ހުންނެވީ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު އެކަންޏެވެ.