ބޮލީވުޑް

ޕޫޖާ ތިން ފިލްމެއް ކުޅުމަށް ސާޖިފް ނަޑިޑްވާލާ އާއެކު ސޮއި ކޮށްފި

ސައުތް ފިލްމް އިންޑަސްޓްރީން ބޮލީވުޑަށް ނުކުތް ޕޫޖާ ހެޑްޖް ވަނީ އޭނާ ކުޅުނު ފުރަތަމަ ފިލްމު މޯހެންޖޯ ދާރޯއިން ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އެ ފިލްމުގައި ޕޫޖާއާއެކު ބަތަލަކަށް ފެނިގެން ދިޔައީ ރިތިކް ރޯޝަންއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޫޖާ ވަނީ ފިލްމު ޕްރޮޑިއުސަރު ސާޖިދް ނަޑިޑްވާލާއާ އެކު ތިން ފިލްމެއް ކުޅުމަށް ސޮއި ކޮށްފައެވެ.

ޕޫޖާ މިހާރު ގެންދަނީ އަކްޝޭ ކުމާރާއެކު ހައުސްފުލް 4ގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ފިލްމު ރިލީސް ކުރާނީ މިއަަހަރު އޮކްޓޯބަރު 25 ގައެވެ.

ސާޖިދް އަކީ ގިނަ އާ ތަރިންތަކަކަށް ބޮޑު ކާމިޔާބީ ތަކެއް ހޯދައިދިނުމަށް އެހީތެރިވެދީފައިވާ ޕްރޮޑިއުސަރެކެވެ. އޭގެ ތެރޭފައި ޓައިގާ ޝްރޮފް، ޖެކުއިލިން ފެނާންޑީޒް އަދި ދިޝާ ޕަޓަނީ ހިމެނެއެވެ.