ބޮލީވުޑް

ސައިފް ސާރާ އާއެކު ފިލްމު އާޖްކަލުން

އިމްތިޔާޒު އަލީ ޚާންގެ ފިލްމު އާޖް ކަލްގައި ސާރާ ގެ ބައްފަގެ ރޯލުން ސައިފް ފެނިގެން ދާނެ ކަމުގެ ހަބަރަކީ މީގެ ކުރިން ފެތުރިފައިވާ ހަބަރެކެވެ. ނަމަވެސް ސައިފް ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު "އާޖް ކަލް" ކުޅެން ސައިފް ވަނީ އެއްބަސްވެފައެވެ. ނަަމަވެސް އެއީ ސާރާގެ އޮން ސްކްރީން ބައްފަ ރޯލަކުން ނޫނެވެ. ފިލްމުގައި ސައިފް ފެނިގެން ދާނީ ލީޑް ބަތަލު ކާތިކް އާރްޔަންގެ ބައްޕަގެ ރޯލުންނެވެ.

ފިލްމުގެ ޝޫޓިންތައް ފެށިގެން ކުރިއަށް ދާއިރު ދިއްލީގައި ވަނީ ފިލްމުގެ ފުރަތަމަ ބައިގެ ޝޫޓިންތައް ނިންމާލާފައެވެ. ފިލްމު ރިލީސް ކުރަން ހަަމަޖެހިފައިވަނީ 2020ގެ ފެބްރުއަރީގައެވެ.

އާޖްކަލް އަކީ 2009 ވަނަ އަހަރު ރިލީސްކޮށްފައިވާ ލަވް އާޖް ކަލްގެ ސީކުއިލް އެކެވެ. އެ ފިލްމުގައި ވެސް ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ ސައިފް އެވެ. ސައިފްއާއެކު ބަތަލާއަކަށް ފެނިގެން ގޮސްފައިވަނީ ދީޕިކާއެވެ.