މަސްތުވާތަކެތީގެ މައްސަލަތައް

ކުކުޅު ބިހާއި މަސްދަޅު ހުސްކުރި ފޮށީގައި ހުރި ގިނަ އަދަދެއްގެ ރާފުޅިތަކާއެކު މާލެއިން ޓެކްސީއެއް އަތުލައިގެންފި

އަހުމަދު ޖައިޝަން

2

ގިނަ އަދަދެއްގެ ރާފުޅިތަކެއް އަރުވައިގެން ދިޔަ ޓެކްސީއެއް ދާދި ދެންމެއަކު މާލެއިން އަތުލައިގެންފިއެވެ. އެ ޓެކްސީ އަތުލައިގެންފައިވަނީ ފަރީދީމަގުންނެވެ.

މާލޭގެ ފަރީދީ މަގު ނޮވެލްޓީ ބުކްޝޮޕް ކައިރިއަށް ޓެކްސީއެއް މަޑުކުރުވައި ފުލުހުން އެ ޓެކްސީން ވަނީ ގިނަ އަދަދެއްގެ ރާފުޅިތަކެއް ނަގައިފައެވެ.

އެ ފުޅިތައް ހުރީ އެކި ކަހަލަ ފޮށިތަކަށް އަޅައި ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ކުކުޅު ބިސް ހުރި ފޮށްޓާއި މަސްދަޅު ހުސްކުރި ފޮށްޓާއި ކިރުޕެކެޓު ހުސްކުރި ފޮށި ހިމެނެ އެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ ބުނީ ޓެކްސީން ހަތަރު ފޮށި ނަގާފައިވާ ކަމަށާއި އޭގައި ރާ ހުރި ކަމަށެވެ. އެއިން އެއް ފޮށްޓެއްގައި 10 ވަރަކަށް ފުޅި އޮތް ކަމަށްވެސް އޭނާ ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟