ކަސޯޓީ ޒިންދަގީކީ 2ގެ ތަރި ކޮމޮލިކާގެ ރޯލުން ފެނިގެންދާ ހިނާ ހާން އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުން އެބަދެއެވެ.
ހިނާ ހާން ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެގޮތުން ހިނާ ވަނީ އާއިލާގެ މެންބަރުންނާއެކު ފެރީގައި ދަތުރުކުރަނިކޮށް ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައިވެސް ހިނާ ވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.
ކަސޯޓީ ޒިންދަގީކީ 2ގެ އިތުރުން ހިނާ އަންނަނީ ބޮލީވުޑްގެ ފިލްމެއްގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންނެވެ.