ޕޮލިސް

ސައިކަލެއްގައި ޓެކްސީ ޖެހުމުން ފިލި ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފި

ދުއްވާފައި ދިޔަ ސައިކަލެއްގައި ޓެކްސީއަކުން ޖެހުމުން، ޑްރައިވަރު ފިލި މައްސަލައެއްގައި ޑްރައިވަރުގެ ލައިސަންސް ހިފަހައްްޓައިފިއެވެ.

ފުލުހުން ބުނީ ރޭ 8:30 ހާއިރު ހެންވޭރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޓެކްސީއަކުން ޖެހި، ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ. އަދި އޭނާއަށް އޭޑީކޭއިން ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގައި ޓެކްސީ މަޑުނުކޮށް ދިއުމުން، އެޓެކްސީ ފުލުހުން ހޯދުމަށްފަހު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ޓެކްސީ ދުއްވަން އިނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.