ބޮލީވުޑް

ދަބަންގް ތިނެއްގެ ޝޫޓިން މިއަދު ފަށަނީ

ބޮލީވުޑް ސުޕާ ސްޓާގެ ފިލްމް ސީކުއެލް ޑަބަންގް ތިނެއްގެ ޝޫޓިން މިއަދު މަދްޔާ ޕްރަދޭޝްގައި ފަށާނެ ކަމަށް ސަލްމާން ބުނެފިއެވެ.

ކުރިންވެސް ވަނީ ފިލްމުގެ ޝުޓިން އޭޕްރިލްގައި ފަށާނެ ކަމަށް ބުނެފައެވެ. ބެލުންތެރިން ބޮޑު އިންތިޒާރެއް ކުރަމުން އަންނަ މި ފިލްމުގެ ކޮރިއޯގްރަފީ ހަދައިދެނީ ޕްރަބޫ ދޭވާއެވެ.

ޑަބަންގް ގެ ފުރަތަމަ ބައި ނެރެފައި ވަނީ 2010 ވަނަ އަހަރުއެވެ. އެފަހަރު ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަނުރާގް ކަޝަޕްއެވެ. 2012 ވަނަ އަހަރު ނެރުނު ޑަބަންގް ދެވަނަ ބައި ޑައިރެކްޓްކޮށްފައި ވަނީ އަރްބާޒް ޚާންއެވެ.

އިއްޔެ ސަލްމާން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފިލްމުގެ ޝޫޓިން ފެށުމަށް އިންދޯރަށް އޭނާގެ ކޮއްކޮ އަރްބާޒާ އެކު ގޮސްފައިވާ ކަމަށެވެ. އިންދޯރަކީ ސަލްމާން އަދި އަޒްބާޒްގެ އުފަން ރަށް ކަމަށްވެސް ސަލްމާން ވަނީ އެހެން ޓުވީޓެއްގައި ބުނެފައެވެ.

ޑަބަންގް ތިނެއްގައި ސަލްމާނާ އެކު ސޮނާކްޝީ ސިންގާ ލީޑް ރޯލުން ފެނިގެންދާނެއެވެ. ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރުގައެވެ.