ބޮލީވުޑް

ކަންޗަނާ ރީމޭކުގައި އަކްޝޭ އާއެކު ކިއާރާ އަދި މާދަވަން

ޓެމިލް ފިލްމު "ކަންޗަނާ" ގެ ރީމޭކުގައި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާނެ ވާހަކައަކީ މީގެ ކުރިން އިއުލާން ކޮށްފައިވާ ވާހަކައެކެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ބަތަލާ ކިއާރާ އަދްވާނީ އާއި ބަތަލު މާދަވަން ވެސް ކަންޗަނާ ރީމޭކުގައި އަކްޝޭއާ އެކު ފެނިގެން ދާނެއެވެ.

މި ފިލްމު ވެގެންދާނީ ގިނަ ދުވަސް ތަކަކަށްފަހު މާދަވަން ބޮލީވުޑުން ފެނިގެންދާނެ ފިލްމަކަށެވެ.

ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ ވަނީ އަންނަ އަހަރުއެވެ. ޓެމިލް ފިލްމުގެ ޑައިރެކްޓަރު ރާގަވާ ލޯރެންސް ހިންދީ ފިލްމުވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އަޑުތައް ވަނީ އަރައިފައެވެ.

އަކްޝޭގެ ފިލްމު ކޭސަރީ ވަނީ ވަރަށް ފަހުން ރިލީސްކޮށްފައެވެ. އަދި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް އަންނަނީ ހޯދަމުންނެވެ. އަކްޝޭ ދެން ފެންނާނީ "ހައުސްފުލް 4"އިންނެވެ.

ކިއާރާ އެންމެ އަވަހަށް ފެނިގެން ދާނީ ކަރަން ޖޯހަރުގެ ފިލްމު "ކަލަންކް" އިންނެވެ.