އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 267159 ވޯޓް ކަރުދާސްކޮޅު ވަނީ ޗާޕް ކޮށްފަ: އީސީ

އިބްރާހިމް ޒަކީ

އަންނަ މަހު 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 267159 ވޯޓް ކަރުދާސްކޮޅު ޗާޕް ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ގަނޫނުގައި ބުނެފައިވާގޮތުގެ މަތިން މަޖިލިސް އިންތިހާބަށް ޗާޕުކުރާ ވޯޓް ކަރުދާހާ ބެހޭ މައުލޫމާތު ހާމަ ކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، މިފަހަރުގެ ވޯޓު ކަރުދާސް ޗާޕް ކޮށްފައިވަނީ ނޮވެލްޓީން ކަމަށާއި، ކަޅާއި ހުދުން ޗާޕް ކޮށްފައިވާ މި ފަހަރުގެ ވޯޓް ކަރުދާހުުގައި 2 ސެކިއުރިޓީ ފީޗަރއެއް ހިިމެނޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، މަޖިލީހުގެ އިންތިހާބަށް، ވޯޓް ކަރުދާސް ޗާޕް ކުރުމަށް 2.6 މިލިޔަން ރުފިޔާ މިފަހަރު ހަރަދު ވެފައިވާ ކަމަށެވެ.

އަދި މިފަހަރުގެ ވޯޓް ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ނޮވެލްޓީއާ ހަވާލު ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން ޓެންޑާ ބޯޑުން ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވޯޓް ކަރުދާސް ޕްރިންޓް ކުރުމަށް އިއުލާން ކުރުމުން އެކަމަށް މިފަހަރު ދެ ފަރާތަކުންކުރިމަތިލި ކަމަށެވެ. އެއީ އެމްސެވަން އާއި ނޮވެލްޓީއެވެ.