މެންބަރު އަބްދުﷲ ރިޔާޒް

ތިމަރަފުށީ ކައުންސިލްގެ ރައީސް ރިޔާޒަށް ބައިއަތު ހިފައިފި

ތ. ތިމަރަފުށީ ކައުންސިލްގެ ރައީސް، އިސްމާއީލް އިބްރާހީމް އެދާއިރާގެ މަޖިލިސް އިންތިޚާބަށް ވާދަކުރައްވާ ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓް އަބްދުﷲ ރިޔާޒަށް ބައިއަތު ހިފައިފި އެވެ.

އިސްމާއީލް އިބްރާހީމަކީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އޭނާ ވަނީ ތިމަރަފުށީގައި ރޭ ބޭއްވި އަބްދުﷲ ރިޔާޒުގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަވެސް ދައްކަވައިފަ އެވެ.

އިސްމާއީލްގެ މި ތާއީދާ ގުޅިގެން ރިޔާޒް ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވަނީ އިސްމާއީލަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދުގެ ސަރުކާރުގެ އެހީތެރިކަމާ އެކު ތިމަރަފުށީ ދާއިރާ ތަރައްގީ ކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރިޔާޒްގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.