ބޮލީވުޑް

ސަރޯޖް ޚާނަށް ސަލްމާން ވި ވައުދު އެނގޭތަ؟

ސަލްމާން ޚާނަކީ ބޮލީވުޑަށް އާ ތަރިން ނެރެދިނުމަށް މަޝްހޫރު ތަރިއެކެވެ. މީގެ އިތުރުން ބޮލީވުޑުން ހަނދާން ނެތިފައިވާ ބައެއް ތަރިންނަށް ފުރުސަތު ދިނުމަކީވެސް ސަލްމާން އިސްކަންދޭ ކަމެކެވެ.

އޭގެ އެންމެ ފަހުގެ މިސާލަކީ ސަރޯޖް ޚާންއެވެ. ސަރޯޖށް ފިލްމު ކުޅެން މިހާރު ފުރުސަތު ނުލިބޭކަން ސަލްމާނަށް އެނގުމުން އޭނާގެ ގެއަށް ސަރޯޖް ގެނައެވެ.

ސަރޯޖް ވަނީ ސަލްމާނާ ބައްދަލުކޮށް ފޮޓޯ ނެގުމަށްފަހު އޭނާގެ އިންސްޓަގްރާމުގައި އެ ފޮޓޯ ހިއްސާކޮށްފައެވެ. 

ފަހުން ޑެއިލީއަށް ދިން އިންޓަވިއެއްގައި ސަރޯޖް ބުނި ގޮތުގައި ސަލްމާން ވަނީ އޭނާ މިހާރު ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން ސުވާލުކޮށްފައެވެ. ފިލްމެއް ކުޅުމަށް ފުރުސަތު ނުލިބޭ ކަމަށާއި ޒުވާން ކުދިންނަށް ނަށަންދަސްކޮށްދިނުމަކީ މިހާރު ހަމައެކަނި ކުރާ މަސައްކަތް ކަމުގައި ސަރޯޖް ވަނީ ބުނެފައެވެ. އެވާހަކަ އަޑުއިވުމުން ސަލްމާން ވަނީ ވަރަށް އަވަހަށް ސަރޯޖާއެކު ފިލްމެއްގައި އޭނާ މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

ސަރޯޖަށް މިލިބުނު ޔަގީން ކަަމަށް އޭނާ ހުރީ ވަރަށް އުފާވެފައެވެ. ސަރޯޖް ބުނީ ސަލްމާނަކީ ބުނާ ބަހުގައި ހިފަހައްޓާ ތަރިއެއް ކަމުން އެ ޔަގީންކަން އޭނާ އަށް އެބައޮތްކަމަށެވެ.

ސަރޯޖް ކުޅޭނެ ފިލްމާ ގުޅޭ ގޮތުން މާބޮޑު މައުލޫމާތެއް ނުދިން ކަމުގައި ވިއަސް ރިޕޯޓްތައް ބުނާ ގޮތުގައި ސަރޯޖް ފެނިގެން ދާނީ ސަލްމާން އާއެކު ދަބަންގް ތިނަކުންނެވެ.