އަމީތާބް ބަޗަން ލީޑް ރޯލުން ފެނިގެން ގޮސްފައިވާ ފިލްމު އާންކޭންގެ ސީކުއިލެއް އުފައްދަން ހަމަޖެހިފައިވާ ވާހަކަ އެ ފިލްމު އުފެއްދި ފަރާތުން އިއުލާން ކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ސީކުއިލްގައި އަންހެން ލީޑް ރޯލުން ފެނިގެންދާނީ ޖެކްލިން ފެނާންޑިޒް އެވެ. އަދި ސައިފް އަލީ ޚާންވެސް ވަނީ ފިލްމުގެ ލީޑް ރޯލަށް ސޮއި ކޮށްފައިކަމަށް ވެއެވެ.
ދެވަނަ ފިލްމުގައި ސައިފް ކުޅޭނީ ފުރަތަމަ ފިލްމުގައި އަކްޝޭ ކުޅެފައިވާ ރޯލުކަމަށްވެއެވެ.
ފިލްމުގެ ޑައިރެކްޓަރު އަނީސް ބުނީ ފިލްމުގެ ކާސްޓުން ނަގައި ފިލްމު ޝޫޓް ކުރުމަށް ބޭނުންވާ ގިނަ މަސައްކަތް ނިމިފައިވާ ކަމަށާއި، އަމީތާބް ވަނީ ފިލްމުގެ ލީޑް ކުޅެން ރަސްމީކޮށް ސޮއިކޮށްފައިކަމަށެވެ.
ފިލްމު ނެރޭނެ ވަކި ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.