ޝަހީދާ އަބްދުﷲ ސައީދު
ހަރުދަނާ ޖީލެއް ބިނާކުރުމުގެ ފެށުމަކީ ދަރިންނަށް ލޯތްބާއި އަޅައިލުން ދިނުން ކަމަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވީ އަންހެން ކައުންސިލަރުންނަށް ވިހެއުމާއި ގުޅިގެން ހަމަހުގެ ޗުއްޓީ، އަދި ފިރިހެން ކައުންސިލަރުންނަށް އަނބިން ވިހެއުމުން އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުން ނިންމެވުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބަދަހި އާއިލާއަކީ ރަގަޅު މުޖުތަމައުގެ ބިންގާ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިސް ނެންގެވުމާއެކު މުޅި ދައުލަތުގެ ކަންކަން ތަރުތީބުވެގެން ދިއުމަކީ ވަރަސް ހެޔޮ ބަދަލެއް ކަމަށް ވިދާޅުވިއެވެ.