ބޮލީވުޑް

ހިންދީ މީޑިއަމް ސީކުއިލްގައި އިރްފާން އާއެކު ކަރީނާ

ޓިއުމަރުގެ ބޭސްފަރުވާއަށް ފަހު އިރްފާން ޚާން އަނެއްކާވެސް އޭނާގެ މަގުބޫލު ފިލްމެއް ކަމަށްވާ ހިންދީ މީޑިއަމްގެ ބައެއް ކުޅުމަށް ހަމަޖެހިފައިވާ ވާހަކަ ވަނީ މީގެ ދުވަސްތަކެއް ކުރިން ދެކެވިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަރީނާ ކަޕޫރު މިވަނީ އެ ފިލްމުގެ ލީޑް ބަތަލާގެ ރޯލަށް ސޮއިކޮށްފައެވެ. އެގޮތުން ފިލްމުގެ ޝޫޓިން ކަރީނާ ފުރަތަމަ ފަށާނީ ލަންޑަންގައެވެ. އެއީ އޭނާ ކުޅޭ ފިލްމު ތަޚްތުގެ ޝޫޓިންގެ ކުރިންނެވެ.

މިވަގުތު ކަރީނާ މަސައްކަތް ކުރަމުން އަންނަނީ އަކްޝޭ ކުމާރާއެކު "ގުޑް ނިއުސް"ގައެވެ.

ހިންދީ މީޑިއަމްގެ ފުރަތަމަ ބަޔަށްވެސް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައެވެ.