މިނިސްޓަރު އިމްރާން އަބްދުﷲ

ފުލުހުންނަށް ފޯރުވާފައިވާ ނުފޫޒުތަކުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް ވަނީ އަސަރުކޮށްފައި: އިމްރާން

އަހުމަދު ޖައިޝަން

މިދިޔަ ދުވަސްތަކުގައި ފުލުހުންނަށް ފޯރުވާފައިވާ ނުފޫޒުތަކުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް ވަނީ އަސަރުކޮށްފައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ވިދާޅުވީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެކަމުން އަރައިގަތުމަށް ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.

"ފުލުހުންގެ ސަފުތައް ވަރުގަދަ ކުރުމަށްޓަކައި ކެނޑިނޭޅި އިސް ސަފުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ފުލުހުންގެ އިސްވެރިން އަންނަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި ފުލުހުންނާ މެދު ހުށަހެޅޭ ޝަކުވާތައް ބަލައި ރަނގަޅު ނިޒާމެއްގެ ތެރެއިން އެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވެސް ފުލުހުން އަންނަނީ ތައްޔާރުވަމުންނެވެ.