ޓުރޫކޯލާ އަކީ މިހާރު ހުރިހާ އެންމެންގެ ފޯނުތަކުގައި ވެސް ބޭނުން ކުރާ ވަރަށް އާންމު އެޕްލިކޭޝަނެކެވެ. އެންޑްރޮއިޑުން ހިންގާ ގިނަ ފޯނުތަކުގައި ޓުރޫކޯލާ ވަރަށް ފުރިހަމައަށް މަސައްކަތް ކުރެއެވެ. ފައިސާ ހޯދުމަށް ނުވަތަ އޮޅުވައިލައިގެން ގުޅާ މީހުންގެ މައުލޫމާތުވެސް މި އެޕްލިކޭޝަން ބޭނުން ކުރާ ގިނަ މީހުންނަށް މިހާރު ސާފުކޮށް ލިބެއެވެ.
އެންޑްރޮއިޑް ފޯނުތަކުގައި މި ފަސޭހަ ލިބެން ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ނޭނގޭ ނަންބަރަކުން ކޯލެއް އައުމުން އޮޓޮމެޓިކުން އެ ނަން ދައްކާނެ އެވެ. އެކަން އެގޮތަށް އެ ކުރެވެނީ އެ އެޕްލިކޭޝަން އިންސްޓޯލް ކޮށްފައިވާ ކޮންމެ ފޯނެއްގެ ނަމްބަރުތައް މި އެޕްލިކޭޝަންގެ ތެރެއިން ބޭނުން ކުރަމުންދާތީއެވެ. ޓުރޫކޯލާ ފޯނަށް އެޅުމުން އެ ފޯނުގައި ރައްކާކޮށްފައިވާ ހުރިހާ ނަންބަރުތަކެއްގެ އަދި އެ ނަންބަރުތަކުގެ ވެރިފަރާތުގެ މައުލޫމާތު ނަގައިގަނެއެވެ. އެހެން ކަމުން ޓުރޫކޯލާ އަޅާފައިވާ ފޯނަކަށް ކޮންމެ މީހަކު ގުޅިޔަސް އެ ގުޅަނީ ކާކުކަން ބުނެދޭނެއެވެ. އެއީ ފޯނުގައި ދުވަހަކު އެ ނަންބަރު ރައްކާކޮށްފައި ނުވިޔަސް އެއީ މައްސަލައެއް ނޫނެވެ. އެ ގުޅާ މީހާގެ ނަމާއި އީމެއިލްވެސް ލިބޭނެއެވެ.
މި އެޕްލިކޭޝަން އެންޑުރޮއިޑް ފޯނުތަކުގައި އެތައް މިލިއަން ބަޔަކު މިހާރުވެސް ބޭނުން ކުރަމުންދެއެވެ. އެހެން ނަމަވެސް އެޕަލް އައިފޯނުގައި މި އެޕްލިކޭޝަން ބޭނުން ކުރުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރެއެވެ. އެހެން ނަމަވެސް އެކަން މަޑުމަޑުން މިއަންނަނީ ފިލަމުންނެވެ. އެގޮތުން ޓްރޫކޯލާއިން ވަނީ އައިއޯއެސް 16 އާއި އެއަށްވުރެ މަތީގެ އައިފޯންތަކަށް ލައިވް ކޯލާ އައިޑީ ސަޕޯޓް ގެނެސްދޭކަން އިއުލާންކޮށްފަ އެވެ.
އެގޮތުން އެޕަލް އިން ހުއްދަ ދެނީ ހަމައެކަނި ޓްރޫކޯލާގެ އެހީގައި އެލްގޮރިޒަމް އިން ހޮވާފައިވާ އިރު އެޕަލް އައިފޯނުގައި އަދިވެސް އެންޑުރޮއިޑާ އެއްގޮތަށް ޓުރޫކޯލާއަށް ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ. އަދި ވަކި ނަންބަރުތަކެއް ކޯލްކިޓް ފްރޭމްވޯކާއި ގުޅިފައިވާ ޑައިރެކްޓަރީއެއްގައި ރައްކާކުރުމަށް އެޕަލް އިން ހުއްދަ ދިން ނަމަވެސް ބާކީ ހުރި ކަންކަމަށް މެނުއަލް ސާޗެއް ހަދަން ޖެހޭއިރު، އެއީ ސިރީ މެދުވެރިކޮށް ކުރެވޭނެ ކަމެއްގެ ގޮތުގައި އެޕަލް އައިއޯއެސް އިން ވަނީ ހަދާފައެވެ.
އައިފޯން 14 ޕްރޯ އާއި ޕްރޯ މެކްސް ފަދަ އާ މޮޑެލްތަކަށް ނުދަންނަ ނަންބަރަކުން އަންނަ ފޯނު ކޯލަކީ ކޮން ފަރާތަކުން ކުރާ ކޯލެއްކަން ހޯދުމަށް ޓުރޫކޯލާގެ ލައިވް ކޯލާ އައިޑީ ފީޗާ އެކްޓިވޭޓް ކުރުމަށް ސިރީއަށް ގޮވާލުމުގެ ބަދަލުގައި ބެކް ޓެޕް ބޭނުން ކުރެވޭނެ އެވެ. އެމީހުންނަށް އެކަން ކުރެވޭނީ އެކްސެސިބިލިޓީ ސެޓިންގްސްގައިވާ ސާޗް ޓްރޫކޯލާ ޝޯޓްކަޓް އާއި ބެކް ޓެޕް ޖެޝަރ ލިންކްކޮށްގެންނެވެ.
އައިފޯނުގައި ޓްރޫކޯލާގެ ލައިވް ކޯލާ އައިޑީ ލިބޭނީ ހަމައެކަނި ޕްރީމިއަމް ޕްލޭނެއް އޮންނަ ފަރާތްތަކަށެވެ. މި ފީޗާ ސެޓަޕް ކުރުމަށްޓަކައި އެޕްގެ ޕްރީމިއަމް ޓެބަށް ޒިޔާރަތްކޮށް "އެޑް ޓު ސިރީ" އޮޕްޝަން އަށް ފިތާލަން ޖެހެ އެވެ. އަދި އެންމެ ފަހުގެ އަޕްޑޭޓްގައި ސްޕޭމް ޑިޓެކްޝަން (ފައިސާ ހޯދަން ކުރާ ފޯންކޯލް) ފަސޭހައިން ދެނެގަތުންވެސް ރަނގަޅުވުމާއި ސްޕޭމް ފިލްޓަރުތައް އަލުން ޑިޒައިންކޮށް އެޕްލިކޭޝަނަށްވަނީ އިތުރު ކޮށްފައެވެ.