މަސްތުވާތަކެތީގެ މައްސަލަތައް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން ދިވެހީންނާއި ދެ ބިދޭސީން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން ދިވެހީންނާއި ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހުން އަތުލައިގެންފައިވަނީ ޕިކަޕަކަށް އަރުވައިގެން މައްޗަންގޮޅީ ގެއަކަށް ގެންދިޔަ ފޮށިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ކަމަށް އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި މައްޗަންގޮޅީ ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން ދިވެހީންނާއި ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނަކާއި 49 އަހަރުގެ ދިވެހި އަންހެނަކާއި 26 އަހަރުގެ ބަނގުލަދޭޝް ފިރިހެނެއް އަދި 42 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.