ޕޮލިސް

ޓެކްސީއެއްގައި ބާއްވާފައި ދިޔަ ދެ ލައްކަ ރުފިޔާގެ ޖީޕީއެސް ސިސްޓަމް ވެރިފަރާތާ ހަވާލުކޮށްފި

ޓެކްސީއަކަށް އެރި މީހަކު ހަނދާން ނެތިގެން ޑިކީގައި ބާއްވާފައި ދިޔަ ދެ ލައްކަ ރުފިޔާގެ ޖީޕީއެސް ސިސްޓަމެއް ހޯދައި ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 4:30 ހާއިރު ދިރާގުގެ ކުރީގެ ހެޑް އޮފީސް ކައިރި، ޗާންދަނީ މަގުން މީހަކު ނެގި ޓެކްސީއެއްގެ ޑިކީ ތެރޭގައި ހަނދާން ނެތި ދެ ލައްކަ ރުފިޔާގެ ޖީޕީއެސް ސިސްޓަމު ބާއްވާފައި ދިޔަކަމުގެ މައުލޫމާތު ދުލުހުންނަށް ލިބުނު ކަމަށެވެ.

އަދި އެ ސިސްޓަމު ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ސީސީޓީވީ ފުޓޭޖު ބަލައިގެން ފުލުހުން ކުރި މަސައްކަތުން ޓެކްސީ ހޯދައި، އޭގެ ތެރެއިން ޖީޕީއެސް ސިސްޓަމު ނަގައި 5:20 ހާއިރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.