ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީގައި އޮތް ސަފާރީއެއްގައި ހޭނެތުނު ފަތުރުވެރިޔަކަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި އަލިމަތާ ކައިރީގައި އޮތް ސަފާރީއެއްގައި، ޓައިވާނުގެ 55 އަހަރުގެ އަންހެން ފަތުރުވެރިޔަކު ހޭނެތިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު މެންދުރު 12:25ހާއިރު އެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ލޯންޗަކުން ސަފާރީއަށް ގޮސް ފަތުރުވެރިޔާ އެ އަތޮޅު ފެލިދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި މަރުވީ އެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.