ޗުއްޓީއަށް ތައްޔާރުވާން ފަށައިފިން ހެއްޔެވެ؟ ސްކޫލު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އާއިލާއާ އެކުގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ޕްލޭން ހަދަމުން ދާނެކަން ޔަގީނެވެ. އެކަމަކު މަޑުކޮށްބަލާށެވެ—ދަތުރަށް އެކަށީގެންވާ ޓްރެވަލް ޕްލޭނެއް ޚިޔާރުކޮށްފިން ހެއްޔެވެ؟
ހަގީގަތުގައި އިންޝުއަރަންސަކީ އަހަރެމެން ކިޔާ ގޮތުން ނަމަ "ރައްކާވެ ތިބިއްޔާ ދަތުރު"ގެ އަސާސްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ދަތުރަށް ފުރުން ބުއްދިވެރީ ކުއްލިއަކަށް ދަތުރުގައި ކުރިމަތިވެދާނެ ހާދިސާތަކުން ދިމާވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ނިޔާމަ ދަތުރެއް ނުވަތަ ޗުއްޓީއެއް ފުރިހަމަކޮށްލުމަށް ފަހު ހިތްހަމަޖެހިލައިގެން އެނބުރި އާދެވޭނީ އޭރުންނެވެ.
އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ފޯރުކޮށްދޭ ޓްރެވަލް ތަކާފުލްއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރައްކާތެރިކަން ފޯރުކޮށްދޭ ޓްރެވަލް ޕްލޭނެކެވެ. ދަތުރު މަތީގައި އުޅޭ އިރު ކުއްލި ޙާލަތްތަކުގައި ކުރަންޖެހޭ މެޑިކަލް ޚަރަދާއި، ދާގީނާ ނުވަތަ ދަބަހާއި އެހެނިހެން މުދާ ގެއްލުމާއި، ޕާސްޕޯޓާއި ރަސްމީ މުހިއްމު ލިޔެކިޔުންތައް ގެއްލުމާއި، ދަތުރު ކެންސަލްވުން ނުވަތަ ފްލައިޓު ލަސްވުމާއި ދަތުރުގެ ބައިވެރިޔާ ނުވަތަ ބައިވެރިވާ ފަރާތްތަކަށް ކުއްލިއަކަށް ކުރިމަތިވެދާނެ ޖިސްމާނީ އަނިޔާތަކަށް ފަރުވާކުރުން ފަދަ ކަންކަންކަމަށް ހޭދަކުރަންޖެހޭ ޚަރަދު މި ޕްލޭނުން ކަވަރުކޮށް، އެއްވެސް ހާސްކަމެއް ނެތި ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދޭނެއެވެ.
އަޔާދީ ތަކާފުލްގެ ޓްރެވަލް ޕްލޭނެއްގައި ބައިވެރިވުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އެލައިޑްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް މަދު ސިކުންތުކޮޅެއް ތެރޭގައި ހުރިހާ ކަމެއް ވެސް ހަމަޖައްސާލެވޭނެއެވެ.
މިހާ ހިސާބުން ޓްރެވަލް ތަކާފުލްގައި ބައިވެރިވެވުނީއެވެ. މިއީ އޮންލައިންކޮށް ކުރެވޭނެ ދާދިފަސޭހަ ކަމެކެވެ. އަދި ނުހަނު މުހިންމު ކަމެކެވެ. ސަބަބަކީ ޗުއްޓީއަށް ނުވަތަ ދަތުރަށް ތިޔަ ފުރާވަޑައިގަންނަވަނީ ބޭރު ޤައުމަކަށް ކަމުގައި ވާތީއެވެ. ބޭރު ޤައުމެއްގައި އުޅޭ އިރު ދިމާވާ ދަތިތަކަކީ ކުއްލިއަކަށް ހައްލުކުރަން އުނދަގޫ ކަންކަމަށް ވެދާނެއެވެ.
ޓްރެވަލް ޕްލޭނެއްގެ ބޭނުމަކީ ދަތުރަށް ފުރާއިރު ދިމާވެދާނެ ކަމަކަށް ކުރިއާލާ ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމެވެ. އަދި ހަޤީޤީ މާނައިގައި "ރައްކާވެތިބިއްޔާ ދަތުރު"ގެ އިހްސާސް ކޮށްދިނުމެވެ.