ޝަހީދާ އަބްދުﷲ ސައީދު
އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މިވަނީ އަނެއްކާވެސް ނުރައްކާތެރި ފައްތަރެއްގެ މައްޗަށް ހުށަހެޅިފައި ކަމަށާއި މިއަންނަ ބޮޑު ނާމާންކަމުން ގައުމު ސަލާމަތް ކުރުމުގައި ކުރައްވާ މަސައްކަތުގައި ދީނީ އިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަމަށް މައްޗަންގޮޅި މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އައްޝައިޚު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝައިޚު އިބްރާހީމް އިއްޔެ ނެރުއްވި ބަޔާނެއްގައި ދީނީ އިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ހާމަކުރައްވައި ވިދާޅުވެފައި ވަނީ މާޒީގައިވެސް މިގައުމުގެ ދީނީ ދަންނަބޭކަލުންނާއި އަދި ގައުމުދެކެ ލޯބިވާ، ގައުމަށް ކުލުނެއްލީ ކޮންމެ ފަރުދެއްގެ ކިބައިން ތާރީޚު ހެކިދީފައިވާ ފަދައިން ކުރިމަތިވަމުން އަންނަ ބޮޑު ނާމާންކަމުން ސަލާމަތްވުމަށްޓަކައި އޭނާ ކުރައްވާ މަސައްކަތުގައި އެހީތެރިވުމަށް އެދޭ ކަމަށެވެ.
އަދި ރާއްޖެ ގިރާކުރަން މިއަދު ކުރިމަތިލަމުން މިދަނީ ރާއްޖޭގެ ތާރީޚުގައިވެސް ދެކެމުންދާ އެންމެ ޚުތޫރަތްތެރި ދުވަސްތަކުގެ ތެރެއިން ދުވަސްތަކެއް ކަމަށެވެ.
އަދި ދިވެހި ފަސްގަނޑާއި ކަޑުތައް ގުނަމުން މިދަނީ އޭގެ ހަޔާތުގައި ދެކޭނެ އެންމެ ހައްސާސް ހާކަތްތަކުގެ ތެރެއިން ހާލަތެއް ކަމަށް އިބްރާހީމްގެ ބަޔާނުގައި ވެއެވެ.
އެކަމުގެ ފާޅުކަން ބޮޑުވެގެންވާ އަލިގަދަ ހެއްކެއްގެ ގޮތުގައި ފަސްދޮޅަސް އެތައް ދަންނަން ބޭކަލުންނެއް އެކަމެއްގެ މައްޗަށް އިއްތިފާގުވެ ވަޑައިގެން 2013 ވަނަ އަހަރު ނެރުއްވާފައިވާ ބަޔާން ފުދޭ ކަމަށައި އެއީ މިހާތަނަށް މިދީބުގެ ދީނާއި މިނިވަންކަމުގެ ހައްގުގައި އެފަދައަކުން އިލްމުވެރިން ކުރައްވާފައިވާ އެންމެ މަތިވެރި މުއްތަފަގު އެއް ޖިހާދު ކަމަށް ބަޔާނުގައިވެއެވެ.
މީގެއިތުރުން އޭނާގެ ބަޔާނުގައި ވަނީ ރާއްޖޭގައި ތިއްބެވި ބޮޑެތި ދީނީ އިލްމުވެރިން ފަރުދީ ގޮތުންވެސް މީސް މީޑިއާގައި މިހާރުވެސް ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި ތަހުޒީރުތައްވެސް އެކަމުގެ ބައްޔިނާއަކަށް ފުދި އިތުރުވެގެންވާކަމަށެވެ.