ފިލްމު މަނިކަރްނިކާގައި ރާނީ ލަކްސްމީބައިގެ ރޯލުން ލިބުނު ކާމިޔާބަށްފަހު ކަންގްނާ ރާނުތް މިހާރު ތައްޔާރުވަމުން އަންނަނީ ޓެމިލްނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔާލަލިތާގެ ބައޯޕިކް އަށެވެ.
ތަލަވީގެ ނަމުން ނެރޭ އެ ފިލްމުގެ ޕްރޮޑިއުސަރަކީ ވިޝްނޫ ވަރްދަން އިންދޫރީ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އެ ފިލްމު ކުޅުމަށް ކަންގްނާއަށް 24 ކޮރޯޑް އިންޑިއަން ރުޕީސް ލިބޭނެއެވެ. މިއީ އިންޑިއާގެ ބަތަލާއަކަށް ރީޖަނަލް ފިލްމެއް ކުޅުމަށް އެހާ ބޮޑު އަގެއް ހުށަހެޅި ފުރަތަމަ ފަހަރެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން ވަނީ އެވާހަކަތައް ދޮގުކޮށް އެ ފިލްމަށް ކަންގްނާއަށް ހުށަހަޅާފައިވާ އަދަދަކީ 12 ކޮރޯޑް އިންޑިއަން ރުޕީސްކަމަށް ބުނެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓެމިލް، ޓެލުގޫ އަދި ހިންދީ ބަހުން ފިލްމު ނެރޭނެއެވެ. ފިލްމުގެ ޝޫޓިން މިއަހަރުގެ ޖުލައި މަހު ފަށާގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ފިލްމުގެ ޑައޮލޮގް ލިޔަނީ ފިލްމު "ބަހުބަލީ"ގެ ލިޔުންތެރިޔާ ވިޖެޔެންދްރާ ކ. ޕްރަސާދްއެވެ. އޭނާ އަކީ ކަންގްނާގެ އެންމެ ފަހުގެ ފިލްމު މަނިކަރްނިކާގެ ވެސް ލިޔުންތެރިޔާއެވެ.