ޕޮލިސް

ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މާލޭގައި ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ގަލޮޅުގައި ހުންނަ ''އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން'' ފިހާރަ އިން ވައްކަންކުރި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދިހަ ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ ފިހާރައިން ވައްކަންކޮށް، 2600 ޑޮލަރާއި 13،500 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފިހާރައަށް ވަގުން ވަދެ ނެގި ފައިސާގެ އަދަދު 53،000ރ. އަށް ވުރެ ގިނައެވެ.

ފަހަކަށް އައިސް މާލެ އާއި އަތޮޅު ތެރޭގައި ވަށްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.